Monday, October 30, 2006

މުންނާރު ތިރީބުރީގައްޔޯ ދަތްއެޅީ

މުންނާރު ތިރީބުރީގައްޔޯ ދަތްއެޅީ!
މަރުލަނގޮޑިބޭ ބިކުރަށް އެރިރޭ ! .ފޮޅިދޮލަގެކޭ ހިތާ އޭޔޯ ދަތްއެޅީ!
މައްޗަންގޮލީ މާވެވޫގަޔޯ ދަތްއެޅީ!

މަރުލަނގޮޑިބޭ ބިކުރަށް އެރިރޭ ! ލަންދޭސިމެޓާޔެކޭ ހިތާ ދަތްއެޅީ!
ދަށްތާރު ތާރާ ބަޑީގައްޔޯ ދަތްއެޅީ!

މަރުލަނގޮޑިބޭ ބިކުރަށް އެރިރޭ .ފޮޅިދޮލަގެކޭ ހިތާ އޭޔޯ ދަތްއެޅީ!
މައްޗަންގޮލީ މާވެވޫގައްޔޯ ދަތްއެޅީ!

މަރުލަނގޮޑިބޭ ބިކުރަށް އެރިރޭ ! އޮޅިފޮޅިއެކޭ ހިތާ އޭޔޯ ދަތްއެޅީ!
މުންނާރު ތިރީބުރީގައްޔޯ ދަތްއެޅީ!

މަރުލަނގޮޑިބޭ ބިކުރަށް އެރިރޭ ! ލަންދޭސިމެޓާޔެކޭ ހިތާ ދަތްއެޅީ!
ދަށްތާރު ތާރާ ބަޑީގައްޔޯ ދަތްއެޅީ!


ފޮޅިދޮލަގޯ ! އޮ ފެނިފާ ހެޔެއްނެތޯ !
ފޮޅިދޮލަގޯ ! އޮ ކައިގެން ކައިފިޔޯ !
ފޮޅިދޮލަގޯ ! އޮ ފެނިފާ ހެޔެއްނެތޯ !
ފޮޅިދޮލަގޯ ! އޮ ކައިގެން ކައިފިޔޯ 1